ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2024/85
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 04 ޖޫން 2024 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ

  ވަޒީފާގެ ފުރުޞަތު

މަޤާމް :

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

04 (ހަތަރެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/5700 ރުފިޔާ (ފަސްހާސް ހަތް ސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2600 ރުފިޔާ (ދެހާސް ހަ ސަތޭކަ ރުފިޔާ )
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ގްރޭޑް 8 ނިންމާފައިވުން 

މަޤާމުގެ މަސްޢޫލިއްޔަތު

  • މޭލް ޕްރޮސެސިންގ އަދި ޑޭޓާ އެންޓްރީގެ މަސައްކަތްތައް ކުރުމާއި މިމަސައްކަތްތަކުގައި އުފުލަންޖެހޭ ޕަރސަލް ފަދަ ތަކެތި މަސައްކަތްކުރާ ސެކްޝަންތެރޭގެ އެއްތަނުން އަނެއްތަނަށް ގެންދިއުން                                                                       

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރާ އިންޓަރވިއުއިން  ފާސްވުން
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމުގެ ސިއްހަތުކުރުން  
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައިވާން ވާނެއެވެ

ރަސްމީ މަސައްކަތު ދުވަސް އަދި ގަޑި:

  • ހޮނިހިރު އިން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 އިން 16:00 އަށް (މެއިލް އަންނަ ނިސްބަތުން ހޮނިހިރު ދުވަހުގެ މަސައްކަތްކުރާ ގަޑިއަށް ބަދަލު އައުން އެކަށީގެންވެއެވެ)

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2024 ޖޫން 04 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2024 ޖޫން 04ވާ  އަންގާރަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
30 މޭ 2024