މަސައްކަތް
ނަންބަރު: (IUL)289/289/2024/40
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 06 ޖޫން 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫގެ 3 މިސްކިތުގައި ސޯލާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ:

މި އިޢުލާނާއެކު ޢާއްމު ކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މިރަށު ހުކުރު މިސްކިތް ''މަސްޖިދުއްފުރުޤާން'' އާއި ފިރިހެނުންގެ މިސްކިތް ''މަސްޖިދުއްލުބާބު'' އާއި އަދި މިރަށު އަތިރި މިސްކިތް ''މަސްޖިދުއްބަރަކާތު'' އަށް ބޭނުންވާ ސޯލާ ޕެނަލްތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދީ، ނެޓް މީޓަރުތައް ހަރުކޮށް ކަރަންޓް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 2024 ޖޫން 6 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށްފަހު، ބީލަން ފޯމް ފުރިހަމަ ކުރައްވާ، 2024 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 11:00  އަށް މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ[email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މޭ 2024