ބީލަން
ނަންބަރު: WDC/IUL/2024/01
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 05 ޖޫން 2024 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެދިކާ ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުޑަހުވަދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ޢީދު ސައި ތައްޔާރު ކުރަން ބޭނުންވެއެވެ. ވީމާ ޢީދު ސައި ތައްޔާރުކުރުމަށް، ކޮމެޓީން ކަނޑައަޅާ ހެދިކާ ހަދަން ބޭނުންވާ ފަރާތްތަކުން 2024 ޖޫން 03 ވަނަ ދުވަހުގެ 11:00 އަށް ކުޑަހުވަދޫ ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި ރަޖިސްޓްރީކުރި ފަރާތްތަކުން އަގު ހުށަހެޅުން އޮންނާނީ 2024 ޖޫން 05 ވަނަ ދުވަހު 11:00 ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ސެމިނާރ ރޫމްގައެވެ. އަގު ހުށަހަޅާ ފޯމު ހުށަހަޅާނީ، ހުށަހަޅާފަރާތުގެ އައި.ޑީ ކާރޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހުއެވެ. އަދި  އަގު ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

30 މޭ 2024