ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-EDMS/303/2024/38
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:10
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގެ މަގުތައް ރީތިކޮށް ސާފުކުރުމާއި މަގުތަކަށް އުނދަގޫވާގޮތަށް ހެދިފައިހުރި ގަސްތައް ކޮށުމާއި ގުޅޭ

 

އިއުލާން

އުނގޫފާރުގެ މަގުތައް ރީތިކޮށް ސާފުކުރުމާއި މަގުތަކަށް އުނދަގޫވާގޮތަށް ހެދިފައިހުރި ގަސްތައް ކޮށުމާއި ގުޅޭ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެގޮތުންނާއި، 1445 ވަނަ އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށެއްގެ ގޮތުގައި އުނގޫފާރު ހަމަޖެއްސުމާއި ގުޅިގެން އަލްޙާ ޢީދަށް ރަށް ޒީނަތްތެރިކުރުމުގެގޮތުން ރަށުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކުރުމާއި، މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް ހުރި ގަސްތައްކޮށުމުގެ މަސައްކަތް 2024 ޖޫން 1 ވާ ހޮނިހިރު ދުވަހު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަށުގެ އެހެން ސަރަހައްދުތައް ސާފުކުރުމާއި، ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ 5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގެދަށުން، ކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދުތަކެއްގައި ގަސްއިންދުމުގެ ހަރަކާތެއް މިކައުންސިލާއި އުނގޫފާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން 2024 ޖޫން 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ.

ވީމާ، މަގުމަގާއި ގޯޅިތަކުގައި ބަހައްޓާފައި ހުރި ތަކެތި، އެތަކެތީގެ ވެރި ފަރާތުން ނަގާ މަގުތައް 2024 ޖޫން 01 ގެ ނިޔަލަށް ސާފުކުރުމަށް ދަންނަވަމެވެ. އަދި އުނގޫފާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ގަސް އިންދުމުގެ ހަރަކާތާއި ސާފުކުރުމުގެ ހަރަކާތްތަކުގައި ވީހާވެސްގިނަ ރަށްޔިތުން ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. 

30 މޭ 2024