ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2024/60
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 05 ޖޫން 2024 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިކޯޓުގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ކޯޓުގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދުން:

 

ޔޫސީ ބިޒް މައްސަލާގައި ދައުވާލިބޭ ފަރާތެއްގެ ހައިސިއްޔަތުން ހައި ކޯޓަށް ހާޒިރުވެ، މައްސަލައިގެ ދިފާއުގައި ވަކާލާތު ކުރުމަށް ޖެހިފައިވާތީވެ، މިކަމާއި ގުޅިގެން މިކައުންސިލްގެ ފަރާތުން ކޯޓްގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ދެވޭ މަޢޫލޫމާތު

  1. މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށް ކޯޓަށް ހުށައަޅަންޖެހޭ ލިޔުކިޔުންތައް ތައްޔާރުކޮށް ހުށައެޅުން.
  2. މައްސަލައާ ގުޅިގެން ކައުންސިލްގެ ފަރާތުން ކޯޓުގައި ވަކާލާތުކުރުން.
  3. މައްސަލައާ ގުޅިގެން ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ޕްރަޕޯސަލް ހުށައަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ހައި ކޯޓުގަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން
  • ޕްރަޕޯސަލް ހުށައަޅާނީ ޕްރަޕޯސަލް ހުށައެޅުމަށް މިކައުންސިލުން ތައްޔާރުކޮށްފައިވާ ޕްރަޕޯސަލް ހުށައަޅާ ފޯމުންނެވެ.

ޕޮއިންޓް ދިމުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު

1

މަސައްކަތުގެ އަގު

90%

2

ތަޖުރިބާ

10%

 

ޕްރަޕޯސަލް ހުށައެޅުން / ޕްރަޕޯސަލް ހުޅުވުން.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖޫން 5 ވާ ބުދަދުވަހުގެ 11:00 އަށް އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމައްސަލާގައި ކޯޓަށް ހާޒިރު ވުމުގައި ބޭނުންވާ މައްސަލައާ ގުޅޭ މަޢުލޫމާތު މިކައުންސިލްގެ އިދާރާއާ ގުޅައި ލުމުން ނުވަތަ ދެވިފައިވާ މުއްދަތުގެ ތެރޭގައި އީމެއިލް ކޮށްލެއްވުމުން އެފަރާތަކަށް ފޮނުވައިދެވޭނެއެވެ.

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނުވަތަ މެއިލް ކުރާނީ

ފޯން: 6660900، 6660891

އީމެއިލް: [email protected]

 

30 މެއި 2024

 

30 މޭ 2024