މަސައްކަތް
ނަންބަރު: (IUL)301-PJ/301/2024/30
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 06 ޖޫން 2024 13:15
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ޤަބުރުސްތާނު ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ރ.އަނގޮޅިތީމު ޤަބުރުސްތާނު ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

  •      އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
  1. ރ.އަނގޮޅިތީމު ޤަބުރުސްތާނު ނޮޅަން ބޭނުންވެއްޖެއެވެ.

2. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 މޭ 30 ން 2024 ޖޫން 02 ވަނަ ދުވަހުގެ 13:30 ގެ ކުރިން ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.

  1. ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި، މަޢުލޫމާތު ޝީޓް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
  2. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  3. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާތިލު ކުރެވޭނެއެވެ.
  4. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 ޖޫން 03 ވާ އަންގާރަ ދުވަހުގެ 13:15 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                      މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

30 މޭ 2024