ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:27
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ނެޝަނަލް ހެލްތު ލެބޯޓްރީގެ އިކުއިޕްމަންޓާއި މެޝިންތައް އައިއެސްއޯ/އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކުން ކެލިބްރޭޓް ކުރުން

ޓާރމްސް އޮފް ރެފަރަންސް

ނެޝަނަލް ހެލްތު ލެބޯޓްރީގެ އިކުއިޕްމަންޓާއި މެޝިންތައް އައިއެސްއޯ/އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކުން ކެލިބްރޭޓް ކުރުން

ތަޢާރަފް

ނެޝަނަލް ހެލްތު ލެބޯޓްރީ(އެންއެޗްއެލް) އަކީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރާއި ސާފުތާހިރުކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އުފައްދާފައިވާޑިވިޝަނެކެވެ. އެންއެޗްއެލް ބެހިގެންވާ މައިގަނޑު ދެބަޔަކީ ކެމިސްޓްރީ ލެބޯޓްރީއާއި މައިކްރޮބަޔޮލޮޖީ ލެބޯޓްރީ އެވެ. ލެބޯޓްރީގައި ޓެސްޓް ކުރެވޭ ބާވަތްތަކަކީ ކާބޯތަކެތި ހަދާ ތަންތަނާއި ފެކްޓްރީ އަދި ރިސޯޓްފަދަ ތަންތަނުން ގެންނަ ފެނާއި ކާބޯތަކެއްޗާއި ސްވަބް ސާމްޕަލްއާ ބޭހުގެ ބާވަތްތަކެވެ.

އެންއެޗްއެލް ވަނީ ޑިސެންބަރު 2008 އިން ފެށިގެން އައިއެސްއޯ/އައިއީސީ 17025 ސްޓެންޑަށް އެކްރެޑިޓްވެފައެވެ. އެކްރެޑިޓޭޝަން ސްޓޭޓަސް ދެމެހެއްޓުމަށްޓަކައި ލެބޯޓްރީގައި ބޭނުން ކުރާ މެޝިނާއި އިކުއިޕްމަންޓްތައް ކެލިބްރޭޓް ކުރުމަކީ ލާޒިމްކަމެކެވެ.

ސްކޯޕާއި މަޤުޞަދު

މިޓީއޯއާރގެ މަޤްޞަދަކީ އެންއެޗްއެލްގައި ބޭނުންކުރާ މެޝިނާއި އިކުއިޕްމަންޓްތައް، އައިއެސްއޯ/އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކުން ކެލިބްރޭޓް ކުރުމެވެ.

ކެލިބްރޭޓް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިންތައް ލިސްޓް 1 ގައި ވާނެއެވެ.

ނެރެން ބޭނުންވާ ނަތީޖާތައް:

މިގޮތުން ހޮވޭ ފަރާތުން ދޭންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި:

  1. ޓެކްނީޝަނުން ލެބޯޓްރީއަށް ފޮނުވައިގެން (އެންއެޗްއެލް ގައި ކެލިބްރޭޓް ކުރެވޭނެ އިކްުއިޕްމަންޓަތައް) އާއި ކެލިބްރޭޓް ކުރާ ތަނަށް ގެންގޮސްގެން (އެންއެޗްއެލްގައި ކެލިބްރޭޓް ނުކުރެވޭނޭ އައިޓަމްތައް) ލިސްޓް 1 ގައިވާ މެޝިންތަކާއި އިކުއިޕްމަންޓްތައް ކެލިބްރޭޓް ކުރުން.
  2. ތަހުލީލުތަކަށް ބޭނުންވާ މަޢުލޫމާތާއި އަންސާރޓަންޓީ ހިސާބުތައް ހިމެނޭގޮތަށް ކެލިބްރޭޝަން ސެޓްފިކެޓް ދިނުން.
  3. ބޭނުންވާ ތަފުސީލުތައް ހިމެނޭ ލޭބަލެއް/ސްޓިކާއެއް އިކުއިޕްމަންޓުގައި ހަރުކުރުން.

ހުންނަން ޖެހޭ ޝަރުޠު/ ފެންވަރު

އެންއެޗްއެލްގެ އިކުއިޕްމަންޓްތަކާއި މެޝިންތައް ކެލިބްރޭޓްކޮށްދިނުމަށް އެދޭ ފަރާތްތައް ތިރީގައިވާ ޝަރުތުތަކާއި ފެންވަރު ފުރިހަމަވާން ވާނެއެވެ.

  • އައިއެސްއޯ/އައިއީސީ 17025 އަށް އެކްރެޑިޓްވެފައިވާ ކެލިބްރޭޝަން ސެންޓަރަކަށް ވުން.
  • އެކްރެޑިޓޭޝަން ލޯގޯ ހިމެނޭގޮތަށް ކަރުދާހުގައި ކެލިބްރޭޝަން ސެޓްފިކެޓް/ރިޕޯޓް ޗާޕްކޮށް ހުށަހެޅުން.
  • ކެލިބެރޭޝަން ސެޓްފިކެޓްގައި ތިރީގައިވާ މަޢުލޫމާތުތައް އެންމެ މަދު ވެގެން ހުންނަން ވާނެއެވެ.

       ހ. އިކުއިޕްމަންޓުގެ ތަފުސީލުު

       ށ. ސީރިއަލް ނަންބަރު

       ނ. އައިޑެންޓިފިކޭޝަން ނަމްބަރ/ މެނުފެކްޗަރ ނަންބަރު

       ރ. ކެލިބްރޭޓް ކުރެވުނު ތާރީޚު

       ބ. ކެލިބްރޭޓް ކުރެވުނު ތަން:

       ޅ. ބޭނުންކުރެވުނު ރެފަރަންސް ސްޓެންޑަޑް

       ކ. ކެލިބްރޭޓް ކުރަން ބޭނުން ކުރި މެތަޑް

       އ. އެކަމުގައިި އެކުލެވޭ އަންސާޓަންޓީ  

  • ކެލިބްރޭޓް ކުރުމަށްފަހު ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ލޭބަލް/ ސްޓިކާއެއް އިކުއިޕްމަންޓް ނުވަތަ މެޝިނުގައި ހަރުކުރުން.

       ހ. ކެލިބްރޭޝަން ސެންޓަރުގެ ލޯގޯ

       ށ. ރެފަރަންސް ނަންބަރެއް

       ނ. އިކުއިޕްމަންޓް/މެޝިން ގެ އައިޑިންޓިފިކޭޝަން ނަންބަރު

       ރ. ކެލިބްރޭޓް ކުރި ފަރާތް

       ބ. ކެލިބްރޭޓް ކުރެވުނު ތާރީޚު

  • 01 މަސް ދުވަހުގެ ތެރޭގައި ކެލިބްރޭޝަން ސެޓްފިކެޓް އެންއެޗްއެލް އަށް ލިބުން.
  • ކެލިބްރޭޝަން ސެންޓަރަކީ މަދު ވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުމާއި މިހާރުވެސް މިޚިދުމަތްދޭ ފަރާތަކަށް ވުން.    

އަގާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން

  • ތިރީގައިވާ މަޢުލޫމާތު ޑޮލަރުން ސާފުކޮށް ހުށަހެޅޭ އަންދާސީ ހިސާބުގައި ބަޔާން ކުރެވިފައި ހުންނަންވާނެއެވެ.
  1. ކޮންމެ އިކުއިޕްމަންޓެއް ކެލިބްރޭޓް ކޮށްދޭ ރޭޓާއި ޖުމްލަ އަގު
  2. ކެލިބްރޭޝަން ސެންޓަރަށް ފޮނުވަންޖެހޭ އިކުއިޕްމަންޓް ތައް ފޮނުވުމަށްދާނޭ ޚަރަދު
  3. ކެލިބްރޭޝަން ސެންޓަރުން އެންއެޗްއެލްއަށް އިކުއިޕްމަންޓްތައް އަބުރާ ފޮނުވުމަށްދާނޭ ޚަރަދު
  4. ކެލިބްރޭޓް ކުރުމަށް ރާއްޖެއަށް އަންނަ ޓެކްނީޝަނުންގެ ވައިގެ މަގުން ރާއްޖެ އައުމަށާއި ދިޔުމަށްދާ ޓިކެޓް ޚަރަދު
  5. ކެލިބްރޭޓް ކުރުމަށް ރާއްޖެއަށް އަންނަ ޓެކްނީޝަނުން ރާއްޖޭގައި ތިބުމުގެ ޚަރަދު
  6. އެންއެޗްއެލްގައި ކެލިބްރޭޓް ކުރާ އިކުއިޕްމަންޓްތަކާއި ފޮނުވޭ އިކުއިޕްމަންޓްތައް ކެލިބްރޭޓް ކުރުމަށް ދާނޭ މުއްދަތު
  7. ކެލިބްރޭޓް ކުރުމަށް ގެނެވޭ އިކުއިޕްމަންޓް، ޑިވައިސް، ސޮލިއުންޝަންތައް، ސްޓެންޑަޑްތައް ގެނައުމަށްދާނޭ ފްރައިޓް އަގު
  8. އިތުރަށް ލަފާ ކުރެވޭ ޚަރަދު (އިންސިޑެންޓަލް)
  9. މަތީގައިވާ ޚަރަދުތައްު ނޫން މިކަމަށްދާނޭ ޚަރަދުތައް
  • ލެބޯޓްރީގައި ކެލިބްރޭޓް ނުކުރެވޭނޭ އިކުއިޕްމަންޓްތައް އަންދާސީ ހިސާބުގައި ބަޔާން ކުރެވިފައި ހުންނަންވާނެއެވެ.
  • އެންއެޗްއެލް އިން އިންތިޒާމް ކުރަން ޖެހޭ ކަންތައް، ހޯދަން ޖެހޭ ސްޓެންޑަޑްތައް، ހުންނަން ޖެހޭ ސާމާނުތަކާއި ކެލިބްރޭޓް ކުރެވޭ ތަނުގެ މާޙައުލުގެ މިންގަޑުތައް ބަޔާންކުރަންވާނެއެވެ.
  • އަންދާސީ ހިސާބުގެ އިތުރުން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.

ހ. އައިއެސްއޯ /އައިއީސީ 17025 އަށް އެކްރެޑިޓް ވެފައިވާ އެކްރެޑިޓޭޝަން ސެޓްފިކެޓް

ށ. ކެލިބްރޭޝަން ރިޕޯޓުގެ ސާމްޕަލް

ނ. ކުރު ޕްރޮފައިލެއް

ރ. ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ކެލިބްރޭޝަން ޚިދުމަތް ދެވިފައިވާ ކްލަޔަންޓުން/ ލެބޯޓްރީތަކުގެ ލިސްޓް

ބ. ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ގޮތާއި ޝަރުޠުތައް

ޅ. ކަމާ ގުޅުންހުރި އެހެނިހެން ޝަރުޠުތަކާއި އުސޫލުތައް

ކ. ގުޅޭނޭ ފަރާތުގެ މަޢުލޫމާތު

މުއްދަތު- ހުރިހާ އިކުއިޕްމަންޓެއް ކެލިބްރޭޓް ކޮށް 31 ޑިސެންބަރު 2015 ގެ ކުރިން ނިންމަންވާނެއެވެ.

ގުޅޭނޭ ފަރާތް: ތޫމާ އާދަމް/ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް 21 މޭ 2015 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު،

ރޯޝަނީ ބިލްޑިންގް، ސޯސަން މަގު، މާލެ، 20184، ދިވެހިރާއްޖެ

އަންދާސީ ހިސާބާއި ލިޔެކިޔުންތަކުގެ އިލެކްޓްރޯނިކް ވާރޝަންތައް މަތީގައިވާ ސުންގަޑީގެ ކުރިން [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެއެވެ.

05 މޭ 2015