ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)94-Q/1/2015/17
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:00
ސުންގަޑި: 18 މޭ 2015 14:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އައި.ޓީއަށް ބޭނުންވާ ބައެއް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޑިޕާޓްމަންޓަށް ބޭނުންވާ އައިޓީ ސާމާނު ގަތުމަށް ކުރި ނަންބަރު IUL)94-A/1/2015/08) އިޢުލާނާ ގުޅިގެން، ބައެއް ތަކެއްޗަށް އަގު ހުށަހަޅުއްވާފައިނުވާތީ، މި ތަކެއްޗަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

21 ރަޖަބު 1436

10 މޭ 2015