ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/128
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 06 ޖޫން 2024 11:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ޖަމްޢިއްޔާއެއް ހޯދުން.

އިޢުލާން

ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ޖަމްޢިއްޔާއެއް ހޯދުން.

  ތިނަދޫ ސިޓީގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ ޓީމްވޯރކް ވަރުގަދަކޮށް ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ގަސްތުކުރެވިފައެވެ.  އަދި މި މުބާރާތުގައި ގދ.ކާޑެއްދޫއިން 2 ޓީމަށް ފުރުސަތު ދިނުމަށްވަނީ ގަސްތުކުރެވިފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ޖަމްޢިއްޔާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ޖަމްޢިއްޔާތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް  [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

29 މެއި 2024 އިން 06 ޖޫން 2024 އަށް

-

06 ޖޫން 2024 ގެ 14:00އަށް

ތިނަދޫ ސިޓީ ކައުންސިލް އިދާރާ / އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

23 ޖޫން 2024

އާދިއްތަ

11:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                         21 ذو القَعدة 1445

                          

29 މޭ 2024