މަސައްކަތް
ނަންބަރު: R1C-A/2015/5
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 19 މޭ 2015 14:00
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަށާފާރުން ބައެއް އުސްކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

މި ކޯޓުގެ ވަށާފާރުން ބައެއް އުސްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު R1C-A/2015/4 އިޢުލާނާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ފުރިހަމައަށް ހިމެނިފައިނުވާކަން ފާހަގަ ކުރެވިފައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހު ކޯޓު ބަންދުވުމުގެ ކުރިން (މެންދުރުފަހުގެ 3:00 ގެ ކުރިން) މި ކޯޓަށް ވަޑައިގެން، މަސައްކަތާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުންތައް (ބިޑް ޑޮކިއުމެންޓް ސީޑީ) ނެންގެވުމަށްފަހު 19 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިކޯޓުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިސްވެ ދެންނެވި ތާރީޚުގެ ސުންގަޑި ހަމަވުމުގެ ކުރިން މި ކޯޓަށް ވަޑައިގެން ކަމާބެހޭ ލިޔުންތައް (ބިޑް ޑޮކިއުމެންޓް ސީޑީ) ގެންދަވާފައިވާ ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

ޓެންޑަރ ކުރެވިފައިވާ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައި މިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ. އަދި ބިޑް އެވޯޑް ކުރެވޭނީ ހުށަހަޅާ ބީލަންތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހާސިލުކުރާ ފަރާތަކަށެވެ.

1

އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް

60 ޕޮއިންޓް

2

އެކަށީގެންވާ އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް

15 ޕޮއިންޓް

3

ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަޖުރިބާއަށް

10 ޕޮއިންޓް

4

ފަންނީ ޤާބިލުކަމަށް

05 ޕޮއިންޓް

5

މާލީޤާބިލުކަން

10 ޕޮއިންޓް

 

ޖުމުލަ

100%

21 ރަޖަބު 1436

10 މޭ 2015