ބީލަން
ނަންބަރު: (IUL)342/INDIV/2024/56
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 06 ޖޫން 2024 13:15
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ހަރަކާތްތަކަށް ޕްރޮޕޯޝަލް ހުށަހެޅުމާގުޅޭ

ޕްރޮޕޯޝަލް ހުށަހެޅުމުގެ ދަޢުވަތު

1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ހަރަކާތްތަކަށް ޕްރޮޕޯޝަލް ހުށަހެޅުމާގުޅޭ

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ރަށުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ޝައުޤުވެރިވާ ކްލަބް ޖަމިއްޔާއެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)342/INDIV/2024/47 އަށް، އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނެތުމުން އަލުން  ޕްރޮޕޯސަލް ހުށަހެޅުމަށްވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ މެއިލް [email protected]  އަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި މަސައްކަތުގައި ބައިވެރިވެލެއްވޭނީ، ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގައެވެ.  
  • މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ޕްރޮޕޯސަލް ބަލާގަތުމާއި ހުޅުވުން އޮންނާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލާއި އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ޛުލަޤަޢިދާ 1445

28 މޭ 2024                 

28 މޭ 2024