ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/94
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 06 ޖޫން 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (މާލެ)

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ (މާލެ)
ބޭނުންވާ އަދަދު :60

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިހާނާއި ރީސިޓް އިމްތިހާނަށް އިންވިޖިލޭޓަރުން ހޯދުމަށް ކުރި ނަންބަރު MNU-HR/2024/92 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިވާ ނުވާތީ، އިތުރަށް އިންވިޖިލޭޓަރުން ހޯދުމަށް އިޢުލާނު ކުރަމެވެ. އަދި ދެންނެވިފައިވާ ނަންބަރުގެ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން މިއިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހަޅާކަން ނުޖެހޭނެއެވެ.

މި އިޢުލާނުގައި އިމްތިހާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ އަދަދަކީ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ އަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ އަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ އަދަދަށް ބަދަލު އަތުވެދާނެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

60

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު (މާލެ)

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ދަރިވަރެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
  • ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން ނުވަތަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ހެނދުނު ދަންފަޅި ހިމެނޭގޮތަށް މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
  • އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ތައުލީމީ ފެންވަރު.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/xejcYtQkMF2MmAMj8

އެޕްލިކޭޝަންގެ ސުންގަޑި:

6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައިވާ ސަނަދު).

މަގާމަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:

ޔުނިވަރސިޓީން އެދުމުން، އިންވިޖިލޭޓަރުންނަށް ހޮވޭ ފަރާތްތަކުން، އެޕްލިކޭޝަންގައި ބަޔާންކުރި އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު، އޭގެ އަސްލު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މަގާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 11 ޖޫން 2024 ވާ އަންގާރަ އޮންނާނެއެވެ.
  • މިބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު 9 ޖޫން 2024 ވާ އާދީއްތަ ދުވަހު، އީމެއިލްގެ ޒަރިއްޔާއިން، ޝޯޓްލިސްޓްވާ ފަރާތްތަކާ ހިއްސާކުރާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އާއެވެ.
29 މޭ 2024