މަސައްކަތް
ނަންބަރު: (IUL)420-AS/420/2024/36
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 11 ޖޫން 2024 00:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން - އިޖްތިމާޢީ ސަރަހައްދުތައް ބެލެހެއްޓުމަށް އެކުލެވޭ ޕޫލަށް މީހުން ހޯދުން.

 

ޢިއުލާން

                  ރަތަފަންދޫ ގެ އެކިއެކި ސަރަހައްދު ތަކުން އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ބިންތަކާއި ،އެބިންތަކާ އިންވެގެންވާ މަގުތަކާއި ، އިޖުތިމާޢީ މަގުގެ ގޮތުގައި ހަމަޖައްސާފައިވާ ހުރިހާ މަގުތަކަކާއި ، އަލަށް އާބާދުވާ ސަރަހައްދުގެ ހުރިހާ މަގުތަކެއް ސާފުކޮށް ބެލެހެއްޓުމަށްޓަކައި އެކުލަވާލުމަށް ހަމަޖެހިފައިވާ ޕޫލް ގައި ރަޖިސްޓްރީ ވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މިދެންނެވި ސަރަހައްދުތަކާއި މަގުތައް އަކަފޫޓަކަށް 10/- ލާރި ރޭޓުން ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖޫން 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީއާ އެކު މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

29 މޭ 2024