ދިވެހިރާއްޖެ
ފ.މަގޫދޫ މަސްޖިދުއްނަޖާޙު އަދި ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި ތިރީގައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްނިންމައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015 ބުދަދުވަހުގެ 14:00އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުރަންހުރި މަސައްކަތް:
މަސްޖިދުއްނަޖާޙު
- 01 ބޮޑުދޮރު ބަދަލުކުރުން
- 10 ސެޓް ދޮރު ބަދަލުކުރުން (އެކިސައިޒުގެ)
- 40 ފޫޓު ދިޔަދޮވި ތޮއްފިލަޔާއެކު ހަރުކުރުން
- ކުލައާއި ދަވާދުލުން
ކުރީގެ ހުކުރު މިސްކިތް
- 30 ފޫޓު ދިޔަދޮވި ތޮއްފިލަޔާއެކު ހަރުކުރުން
- ބޯޑަރު ހަރު ހެދުން
- މިސްކިތުގެ އެތެރޭގައި ވަރުނީސްކުރުން
- ކުލައާއި ދަވާދުލުން
މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
ހުށަހަޅާ އަގަށް:
70 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 70x
މަސައްކަތުގެ މުއްދަތު:
20 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 20x
ތަޖުރިބާ:
5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، ހުށަހަޅާ ލިޔުންތަކަށް ބަލައި.
މާލީގޮތުން ތަނަވަސްކަންހުރި މިންވަރު:
5 ޕޮއިންޓް
މާލީތަނަވަސްކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ހާޒިނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. އެއްވެސް ފަރާތެއްގެ އަންދާސީހިސާބު މަޢުލޫމާތު ފުރިހަމަނުވެގެން ބާޠިލުކުރިނަމަ، އެފަރާތަކަށް އެކަން ސަބަބާއެކު އަންގާނޭވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން އެމަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
21 ރަޖަބު 1436