މަސައްކަތް
ނަންބަރު: (IUL)417-IMS/417/2024/102
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 10 ޖޫން 2024 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް ގދ.ހޯނޑެއްދޫ ޤަބުރުސްތާނުގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން

މި އިޢުލާން އާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް ގދ.ހޯނޑެއްދޫ ޤަބުރުސްތާން ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، ދެވިފައިވާ މަޢުލޫމާތަށް ބައްލަވައިގެން މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖޫން 2024 ވަނަ ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މޭ 2024