ބީލަން
ނަންބަރު: (IUL)370-ESMS SC/370/2024/10
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި:
10 ޖޫން 2024 10:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ ކުނިކޮށި އަދި ގަބުރުސްތާން ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
ފ.ފީއަލީ ކުނިކޮށި އަދި ގަބުރުސްތާން ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ފ.ފީއަލީ ކުނިކޮށި އަދި ގަބުރުސްތާނު މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން ބަލަހައްތައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ޚާޞަކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި އިދާރާގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ. ނުވަތަ މި އިދާރާގެ އީމެއިލް [email protected] ށް މެއިލް ކުރެވިދާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބީލަމުގައި ރަޖިސްޓްރީކުރަންވާނެއެވެ. ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 2024 ޖޫން 04 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލުމާތު ސާފުކުރަންވާނެއެވެ. ނުވަތަ މި އިދާގެ ނަންބަރު 6740012 ނުވަތަ އީމެއިލް [email protected] ށް ހުށަހަޅަންވާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
29 މޭ 2024
21 K 1445
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
29 މޭ 2024