ދިވެހިރާއްޖެ
އިޢުލާން
ސިއްހީ މަރުކަޒުތަކުގައި ބޭނުން ކުރެވެމުންދިޔަ 2 ވޭން (ހަލާކުވެފައިވާ) ސިޓީލާ ނީލަމުގައި ވިއްކާލުން
ހދ.ހަނިމާދޫ އަދި ހދ.ނެއްލައިދޫ ސިއްހީމަރުކަޒުގައި ބޭނުންކުރަމުންދިޔަ 2 ވޭން (ރަޖިސްޓްރީ ނަންބަރ: BB1A, G4882 އަދި BB1A, G4463) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.
1-ވޭނެއްގެ ނީލަން ފެށޭ އަގަކީ 5000-ރ (ފަސްހާސް ރުފިޔާ)އެވެ.
2-މިނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ ފަހަރަކު 2000-ރ (ދެހާސް ރުފިޔާ)އެވެ.
ވީމާ، މިވޭންތައް ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ. މި ނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 29 މޭ 2024 ވަނަދުވަހުގެ 13:00 ން ފެށިގެން 6 ޖޫން 2024 ވަނަ ދުވަހުގެ 13:00 އަށެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގައި މިއޮފީހުގެ ނޯޓިސްބޯޑުގައި ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރައިގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
މި ނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ވޭން ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.
ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 09:00 އާއި 14:00 އާ ދެމެދު ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގަތުމުން ވޭންތައް ބައްލަވާލެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރައިގެ ނަންބަރު 6528185/6520093 އާއިއެވެ.