ދިވެހިރާއްޖެ
1445 އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓްމާކެޓްގައި ބައިވެރިވުމަށް ކުރި ނަންބަރު D-381/IUL/2024/45 އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ. އަދި އުސޫލުތަކަށް ބަދަލުގެނެސް ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ކުރިން ހަމަޖެހިފައިވާނީ މިކައުންސިލުން ފޯރުކޮށްދޭ ޓެންޓްގައި ވިޔަފާރި ކުރިއަށްގެންދާ ގޮތަށެވެ. ނަމަވެސް މިހާރު، ވިޔަފާރި ކުރާ ތަނުގައި މޭޒު ހެދުމާއި، ހިޔާކުރަން ބޭނުންވާ ނަމަ ހިޔާކުރުމަކީ ވިޔަފާރި ކުރާފަރާތުގެ ޒިންމާކެވެ. ނައިޓްމާކެޓްގައި ބައިވެރިވުމަށް މިހާރު ދައްކަންޖެހޭނީ، އާއްމުވިޔަފާރިއަށް -/1000(އެއްހާސްރުފިޔާ) އަދި ކެންޓީންހިންގުމަށް -/1500 (ފަނަރަސަތޭކަރުފިޔާ) އެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް 2024 ޖޫން 06 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމުގައި ނައިޓްމާކެޓް އުސޫލު އެޓޭޗް ކުރެވިފައިވާނެއެވެ.
ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށަހަޅާ ފަރާތްތާކާއެކު ބާއްވާ ބައްދަލުވުން 2024 ޖޫން 08 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުޑަހުވަދޫ ކައުންސިލްގައި އޮންނާނެއެވެ.
ވީމާ، ނައިޓް މާކެޓްގައި ވިޔަފާރިކުރަން އެދޭ ފަރާތްތަކުން، 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.