މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/055
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 18 މޭ 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ. ހިތަދޫ އިންޖީނުގޭގެ އިންޖީނު ބެޑްތަކަށް ބަދަލު ގެނައުމާގުޅޭ

ސ.ހިތަދޫ ޕަވަރހައުސްގެ އިތުރުކުރާ ބައިގެ އިންޖީނު ބެޑްތައް ހެދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުޝީޓާއި ބީ.އޯ.ކިޔު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުން (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ސ. ހިތަދޫ ބްރާންޗުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 18 މޭ 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ސ.ހިތަދޫ ބްރާންޗަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

22 ރަޖަބު 1436

11 މޭ 2015