ދިވެހިރާއްޖެ
އިޢުލާން
ގަވާއިދުން ނެރެމުން ނުގެންދާ ނޫސްމަޖައްލާ ފަދަތަކެތި އުވާލުން
ޤާނޫނު ނަންބަރު: 78/47 (ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ޤަވާއިދުން ޝާއިޢުނުކުރާ ނޫހެއްކަމަށްވާ "ތޫރަ އޮންލައިން" އުވާލެވިފައިވާކަން ދަންނަވަމެވެ.
ގަވާއިދު ނަންބަރު: 2018/R-3 (ނޫސްމަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ) ގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް 'ތޫރަ އޮންލައިން' އުވާލައި ނޫސް މަޖައްލާގެ ދަފްތަރުން ވަނީ އުނިކުރެވިފައެވެ. ތޫރަ އޮންލައިން ނޫހުގެ މައުލޫމާތު ތިރީގައި މިވަނީއެވެ.
ނަން |
މަސްއޫލުވެރިޔާ |
އެޑިޓަރ |
ރަޖިސްޓްރީ ކުރި ތާރީޚް |
ބާވަތް |
ނެރުމަށް ހަމަޖެހިފައިވާ ގޮތް |
ރަޖިސްޓްރީ ނަންބަރު |
ތޫރަ އޮންލައިން |
މީޑިއާ ފައުންޑޭޝަން ޕްރައިވެޓް ލިމިޓެޑް |
ޢިބްރާހީމް ނާޘިމް، މއ. ވައިލެޓްމާގެ، ކ. މާލެ |
24 ޖަނަވަރީ 2018 |
އޮންލައިން |
ދުވަހުން ދުވަހަށް |
2018/2150 |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.