ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2024/58
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 02 ޖޫން 2024 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަގަހުގެ ވެރިފަރާތް ސާފުކުރުން

    މި އިދާރާއިން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމްގެ އުތުރުފަރާތަށް އޮތްބިމުގައި ހުރި ފުނަގަހުގެ ވެރިޔަކު ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ.

    ވީމާ އެ ފުނަ ގަހުގެ ވެރިފަރާތުން 02 ޖޫން 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. ދެންނެވުނު ވަގުތާއި ހަމައަށް އެގަހުގެ ވެރިޔަކު ނުވާނަމަ އެ ގަހަކީ ވެރިޔަކު ނުވެ ހުންނަ  ގަހެއްކަމުގައި ބަލައި ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.

    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 މޭ 2024