މަސައްކަތް
ނަންބަރު: HPL/PRC/I-2015/06
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 13 މޭ 2015 11:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން

މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ                            

މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 މޭ 2015 ވާ ބުދަދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދުމަށް މިކުންފުނީގެ ނަންބަރު 8558 688 / 8546 688 އާ ގުޅުއްވުން އެދެމެވެ.

17 ރަޖަބު 1436

06 މޭ 2015