ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2024/59
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 04 ޖޫން 2024 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

    ކާފަ މާމަ މައިޒާން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ކަޅުކުލައިން 1 ން 80 އަށް ރަސްގެ (x) ޖަހައި، ނަމްބަރު ޖަހާފައި ހުންނާނެއެވެ.

    ވީމާ އެރުއްގަހުގެ ވެރިން، މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ.  އަދި 2024 ޖޫން 04 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ. 

    ނޯޓު: ކާފަ މާމަ މައިޒާން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން އޮންނާނީ މިރަށު އިރުމަތީ ފަރާތުން ސޯސަންމަގު ދެކުނުން ދިލްޝާދު ހިނގުމުގެ އުތުރުން ތިލޭރު ހިނގުމުގެ އިރަށެވެ. 

    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 މޭ 2024