މަސައްކަތް
ނަންބަރު: (IUL)404-ESMS/404/2024/39
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 11 ޖޫން 2024 13:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ގޯތިދޫކުރާ ޞަރަޙައްދުގެ މަގުތަށް ހެދުމާބެހޭ

2024 ވަނަ އަހަރު ލ.ހިތަދޫއިން ގޯތި ދޫކުރުމަށް "ލ.ހިތަދޫ ލޭންޑް ޔޫސް ޕްލޭންގައި" ކަނޑައަޅާފައިވާ ޞަރަޙައްދުތަކުގެ ގޯތިތައް ހިމެނޭ ބްލޮކުތަކާއި މަގުތައް ފާހަގަކޮށް، އަދި މަގަށް އަރާ ރުގަސް ނަގާ މަގުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް ފޮނުވޭނެ ވާހަކަވެސް ދަންނަވަމެވެ.

-         ބީލަން ރަޖިސްޓްރީކުރުން: 2024 ޖޫން 6 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން

-         ބީލަން ރަޖިސްޓްރީ ކުރުމަށް ބޭނުންވާނެ ލިޔެކިއުންތައް: ވިޔަފާރި/ކުންފުންޏެއްނަމަ، ރަޖިސްޓްރީކޮޕީ/އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ކޮޕީ އަދި ގުޅޭ ފޯނުނަންބަރު، އީމެއިލް އެޑްރެސް

-         ލިޔެކިޔުން ފޮނުވަންޖެހޭ އީމެއިލް އެޑްރެސް: [email protected]

-         އިތުރު މަޢުލޫމާތު ހޯއްދެވުމަށް : 6800005

-         ބީލަން ހުށަހެޅުން: ސުންގަޑި- 2024 ޖޫން 11 ވާ އަންގާރަ ދުވަހު 13:00 އަށް 

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 މޭ 2024