ބީލަން
ނަންބަރު: (IUL)297-FI/297/2024/47
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 06 ޖޫން 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބާއްވާ ޢީދު ސްޓޭޖް ޝޯތަކުގެ ސްޓޭޖް ލައިޓިންގ އަދި ސައުންޑް ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބާއްވާ ޢީދު ސްޓޭޖް ޝޯތަކުގެ ސްޓޭޖް ލައިޓިންގ އަދި ސައުންޑް ހަދައިދޭނެ ފަރާތެއް ހޯދުން

 

ކުރަންޖެހޭ މަސައްކަތް

1445 ވަނަ އަހަރުގެ އަޟްހާ ޢިދު ފާހަގަ ކުރުމުގެ ގޮތުން ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ސްޓޭޖް ޝޯތަކުގެ ސްޓޭޖް ލައިޓިންގ އަދި ސައުންޑް ހަދައިދިނުން (ސައުންޑް އަދި ލައިޓިންގް ) - (މަސައްކަތުގެ މައުލޫމާތު ޝީޓު އިއުލާނާއި އެކު ހިއްސާ ކުރެވިފައެވެ)

 

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް

)ހ) ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

އިތުރު މަޢުލޫމާތު

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 10:00 ކުރިއަށް މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 4 ޖޫން ވާ އަންގާރަ 2024 ދުވަހުގެ 14:00 ގެ ކުރިން ހިއްސާ ކުރެވޭނެވެ.

 

ހުށަހަޅަން ޖެހޭ ލިޔުންތައް

(ހ) ކުންފުނި/ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

(ށ) ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

(ނ) ބީލަން ހުށައަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ

(ރ) ކުންފުނި/ އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރު ޕްރޮފައިލް ( ކުންފުންޏެއް ނަމަ ޕްރޮފައިލްގައި ބޯޑް އޮފް ޑިރެކްޓަރޒްގެ މަޢުލޫމާތު ހިމެނުން)

(ބ) ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާނަމަ އެކަން ބަޔާންކުރާ ރަސްމީ ލިޔުން އަދި އައި.ޑީ.ކާޑް ކޮޕީ (ކޮމްޕެނީ އެއްނަމަ ބިޑް ހުށަހަޅަން އަންނަ ފަރާތަކީ ކުންފުނީގެ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން)

 

އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ތިރީގައި މިދަންނަވާގޮތަށް އެޑްރެސްކޮށްފައެވެ.

 ނ.ވެލިދޫ ކައުންސިލްގެ އިދާރާ

ހުށައަޅާ ފަރާތުގެ / ވިޔަފާރީގެ ނަން

އިޢުލާން ނަންބަރު:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

 

ބީލަމުގައި ހުށަޙަޅަންޖެހޭ މަޢުލޫމާތު

ހުށަހަޅުއްވާ ބީލަންތަކުގައި މަދުވެގެން ތިރީގައިއެވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ. އަދި މިލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

(ހ) ޕްރޮޕޯސަލް ( ހުށަހަޅާ ފަރާތުގެ ތަޢާރަފް / ކޮމްޕެނީ ޕްރޮފައިލް، އަގު ހުށަހަޅާގޮތް ޢާންމުކޮށް ފޯރޮކޮށްދޭ ޚިދުމަތްތައް، ތަޖުރިބާ ތަފްޞީލް)  

(ށ) މަސައްކަތުގެ އަގު

- މަސައްކަތް ކޮށްދެވޭނެ އަގު

- ޖީ.އެސް.ޓީ

(ނ) މައުލޫމާތު ޝީޓުގައި ހިމެނިފައިވާ ތަކެތި އަދި ޙިދުމަތްތައް ފޯރުކޮށްދެވޭނެ އަދަދު އަދި ފެންވަރު ( މިސާލު ސްޓޭޖް ވޯމް ލައިޓް – 8)

(ރ) މަޢުލޫމާތު ޝީޓުގައި ވާ މަސައްކަތުގެ އިތުރުން ފޯރުކޮށްދެނޭނެ ޙިދުމަތްތައް

(ބ) ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

(ޅ) ބިޑް ވެލިޑިޓީ (މަދުވެގެން 30 ދުވަސް)

(ކ) ގުޅޭނެ މައުލޫމާތު (ބީލަމާއި ގުޅިގެން ފޮނުވަންޖެހޭ ލިޔެކިޔުނތައް ހުށަހަޅާނެ އީމެއިލް އެޑްރެސް އަދި ގުޅޭނެ ޕޯނު ނަމްބަރު)

 

ބީލަން ހުށަހެޅުން އަދި ހުޅުވުން

(ހ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބީލިން ހުޅުވުމަށް ހަމަޖެހިފައިވާ ގަޑީގައި މިއިދާރާއަށް ހާޒިރުވެއެވެ.

(ށ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ނ.ވެލިދޫ ކައުންސިލްގެ އިދާރާގައި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތްތަކުގެ އެއްހާޟިރުގައެވެ.

(ނ) އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ފާއިތުވުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

(ރ) މަޢުލޫމާތު ފުރިހަމަނޫން އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޙްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

(ރ) އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ބީލަން ލިބިފައިވާކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

70%

v   ހިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

30%

v   މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)

v   މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v   މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

               މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 މޭ 2024