ތަމްރީނު
ނަންބަރު: (IUL)160-A/1/2015/45
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:09
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
2015 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

ކީރިތި ޤުރުއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 2
  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 3
  • ޤާރީކޯސް ސެޓްފިކެޓް ލެވެލް 4
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )
  • ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 2 އަހަރު )

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 2

ޝަރުޠު: ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާފައިވުން.

މުއްދަތު: 4 މަސް

ފޯމުލުމުގެ ސުންގަޑި: 31 މޭ 2015

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 3

ޝަރުޠު: ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާފައިވުން.

މުއްދަތު: 7 މަހާއި 15 ދުވަސް

ފޯމުލުމުގެ ސުންގަޑި: 08 ޖޫން 2015

ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 4

ޝަރުޠު:

  • ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާފައިވުން.
  • ޖީސީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސްވެފައިވުމާއެކު ކީރިތި ޤުރްއާނާބެހޭ މަރުކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވެފައިވުން.

މުއްދަތު: 1 އަހަރު

ފޯމު ލުމުގެ ސުންގަޑި: 04 ޖޫން 2015

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 1 އަހަރު )

ޝަރުޠު:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒަކުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ނުވަތަ ދަށްވެގެން ސެޓްފިކެޓް ލެވެލް 4 ގެ ފެންވަރުގައި ޤަބޫލުކުރާ ޤާރީ ކޯހެއް ނުވަތަ ގުޅުންހުރި އެފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.
  • ކީރިތި ޤުރުއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 1 އަހަރު

ފޯމު ލުމުގެ ސުންގަޑި: 04 ޖޫން 2015

ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް ( 2 އަހަރު )

ޝަރުޠު:

  • ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާފައިވުން.
  • ޖީސީ އޯލެވެލް/ އެސް.އެސް.ސީ އިމްތިހާނުތަކުން 3 މާއްދާއިން (ދަށްވެގެން "ސީ" ގްރޭޑުން) ފާސް ލިބިފައިވުމާއެކު ޤުރްއާނާބެހޭ މަރްކަޒުންދޭ ޤުރްއާނުގެ ޓެސްޓަކުން ފާސްވުން. ނުވަތަ،
  • އޯލެވެލް ފެންވަރުގެ 1 މާއްދާއިން ފާސްވެފައިވާ ނުވަތަ މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތުގެ ޤާރީ ކޯހެއް ފުރިހަމަކޮށްފައިވާ އުމުރުން 21 އަހަރު ފުރިފައިވާ ފަރާތްތަކަށް ޤުރުއާނާބެހޭ މަރްކަޒުންދޭ ޤުރުއާނުގެ ޓެސްޓަކުން ފާސްވުން.

މުއްދަތު: 2 އަހަރު

ފޯމްލުމުގެ ސުންގަޑި: 04 ޖޫން 2015

ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމް 10 މޭ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން، އެކޯހެއްގެ މުއްދަތު ހަމަވާ ދުވަހުގެ 14:30 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ޓީޗިންގ ކޯސްތަކަށް ދަރިވަރުން ހޮވުމުގައި ޖާގަ

އޮތްވަރަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަވިއު ކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ދަރިވަރުންނާއެވެ. އަދި ޤާރީކޯސް ލެވެލް 3 ހަދާފައިތިބި ކުދިންނަށް އިސްކަންދެވޭނެއެވެ.

16 ރަޖަބު 1436

05 މޭ 2015