ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-DNPS2/471/2022/66
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:44
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކާބެހޭގޮތުން ކުރެވުނު އިޢުލާނަށް އިސްލާޙެއް ގެނައުން

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށް އެދި މި މިނިސްޓްރީއަށް ހުށަހަޅުއްވާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ގޮތުން މި މިނިސްޓްރީން 27 މެއި 2024 ގައި ކޮށްފައިވާ (އިއުލާނު އެޓޭޗްކޮށްފައި) އިޢުލާނުގައި 1650 އަކަފޫޓުގެ ގޯތީގެ އަދަދުގެ ގޮތުގައި ބަޔާންކުރެވިފައިވަނީ 663 ކަމާއި، 1650 ގޯތީގެ އަދަދަކީ މި މިނިސްޓްރީން 04 މެއި 2024ގައި ކޮށްފައިވާ (އިއުލާނު އެޓޭޗްކޮށްފައި) އިއުލާނުގައި ބަޔާންކުރެވިފައިވާ އަދަދުކަމުގައިވާ 683 އެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ ޢިޢުލާނުކުރީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު :3020809، 3020810 ،3020812

28 މޭ 2024