ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2024/385
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 30 މޭ 2024 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

(IUL)38-DC/38/2024/385 :ނަންބަރ

އިޢުލާން

ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2024 މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2024 މޭ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ދ. ކުޑަހުވަދޫ، މ. މުލައް އަދި ލ. ގަމު ގެ ރައްޔިތުންނެވެ. 

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަށް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ."

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިސްވެ ދެންނެވުނުދާއިރާއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. ވީމާ، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު (VR space ID-Number Send to 1414) އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

 

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށްށެވެ.

 

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2024 މޭ 28 ވާ އަންގާރަ ދުވަހުގެހެނދުނު 10:00 އިން ފެށިގެން 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004473 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

28 މޭ 2024