ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް 2 މަސްދުވަހުގެ މުއްދަތަށް ކޮންމެ މަސްދުވަހަކަށް -/1500ރ އަށްވުރެ ބޮޑު ނޫން އަގެއްގައި ބ.ކެންދޫ ފުޓްބޯޅަދަނޑާއި ވޮލީ ކޯޓު ކުނިކެހުމާއި ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
އަގު ހުށަހެޅުން |
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާ |
ބުދަ |
29 މެއި 2024 |
10:00
|
މި މަސައްކަތުގެ މަޢުލޫމާތު އަދި އަގުހުށަހަޅާ ފޯމު މި އިޢުލާނާއިއެކު އެއްހީރާސް ކުރެވިފައިވާނެއެވެ. އަދި، އަގުހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމަތު ހޯއްދެވުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އޮފީސް ބަންދު ކުރުމުގެ ކުރިން 6600004 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 ޛުލްޤަޢިދާ 1445 ހ.