ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2024/0107
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 09 ޖޫން 2024 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގެ ނޯޓިސް

މިކުންފުނީގެ 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ.

 

2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ފަރާތްތައް:

މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2024 މެއި 23 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިކަން ވާނީ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 2024 މެއި 12 ވަނަ ދުވަހުގައި ނަންބަރު: MTCC-CSD/IU/2024/0103 އިޢުލާނުން ޢާންމުކޮށް އަންގައި އިޢުލާނުކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން 
  2. ކުންފުނީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުން
  3. ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުން
  4. 2022 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން
  5. ޖަލްސާ ނިންމުން

 

ޖަލްސާއަށް ރަޖިސްޓަރ ކުރުން

ކުންފުނީގެ 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އެންމެހައި ޙިއްޞާދާރުން 2024 ޖޫން 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރ ކުރައްވަންވާނެއެވެ.

 

މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (infinity.mv)، އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް (sop.mtcc.com.mv)، ([email protected]) އީމެއިލް މެދުވެރިކޮށް ނުވަތަ އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެއްވޭނެއެވެ.

ޖަލްސާއަށް ރަޖިސްޓަރ ކުރައްވާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާއާއި ގުޅޭ ފޯމުތައް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާނެއެވެ.

 

ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 މޭ 2024