ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/41
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 28 މޭ 2015 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ

"މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ" ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ

ސިވިލް ސަރވިސް ކޮމިޝަނުގައި "މީޓިން މެނޭޖްމަންޓް ސިސްޓަމެއް" މި އިޢުލާންގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޮމިޝަނުގެ އިދާރާގެ ނަންބަރު 188SHRD/IUL/2015/24 (ތާރީޚު:12 އެޕްރީލް 2015) އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު: 01

އުޖޫރަ (މަހަކަށް) -/25،000 (ފަންސަވީސްހާސް ރުފިޔާ)

މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު

މުއްދަތު: 06 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)

ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގ ރޮނގުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސެންގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއިން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމީ ފެންވަރު - % 15
  • މަސައްކަތުގެ ތަޖުރިބާ - % 10
  • ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
  • ޓެކްނިކަލް ނޮލެޖް - % 15
  • އުފެއްދުންތެރިކަން - %5
  • ޤާބިލުކަން ހުރި މިންވަރު - % 10

ވުމާއެކު، މި ކަމަށް އެދޭ މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

17 ރަޖަބު 1436

06 މޭ 2015