ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-DNPS2/471/2024/65
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 18:24
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކާބެހޭ

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ. މިފަރާތްތަކުގެ ތެރެއިން 1250، 1650  2050 އަދި 2450 އަކަފޫޓު ގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

ގޯތީގެ ބޮޑުމިން

ގޯތީގެ އަދަދު

އެދިލައްވާފައިވާ ފަރާތްތަކުގެ އަދަދު

1250 އަކަފޫޓު

196

1093

1650 އަކަފޫޓު

663

880

2050 އަކަފޫޓު

234

234

2450 އަކަފޫޓު

3

3

މިގޮތުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަކަމުގައިވާތީ ގުޅީފަޅަށް ގޯތި ބަދަލުކުރެވޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުއަތަކުންކަމަށްވުމާއެކު މި ގުރުއަތު ނެގުން 4ޖޫން 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި މި މިނިސްޓްރީން އިއުލާނެކުރާނެ ވާހަކަ ދެންނީވެމެވެ.

އިއުލާންކުރެވުނު ގޯތީގެ އަދަދާއި ގޯތި ބަދަލުކުރުމަށް ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިޢާޔަތްކޮށް، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެކަމާއި ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުންކަމާއި މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން ފަހުން އިޢުލާނެކުރާނެ ވާހަކަ ދަންނަވަމެވެ.ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަކުކުރުމަށް މި ފުރުސަތުގައި ގުޅީފަޅަށް ބަދަލުވުމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާން ކުރަމެވެ. މި ލިސްޓާއިގުޅޭގޮތުން ޝަކުވާއެއްވާނަމަ އެކަން ލިޔުމަކުން 31 މެއި 2024 ވާ ހުކުރު ދުވަހުގެ 23:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށާއި، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރުތަކަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.  

އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް:     [email protected]

ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް:  https://hiyaavehi.housing.gov.mv/

ގުޅޭނެ ނަންބަރ:3020809,320810,3020812

___________________

      

27 މޭ 2024