ދިވެހިރާއްޖެ
މަގާމުގެ ނަން |
|
މަޤާމު: |
މީޑިއާ އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ވަގުތީ ، ކޮންޓްރެކްޓް އުސޫލުން |
ކޮންޓްރެކްޓް މުއްދަތު: |
1 އަހަރު (މީލާދީ) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) |
މުސާރަ: |
-/15000ރ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
މިމަގާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް ޝައުޣުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މޯލްޑިވްސް އިމިގްރޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް 2 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. - ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) - ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ކަނޑައަޅާ ތައްގަޑުޖަހާފައިވާ މަތީ ތައުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ މަސައްކަތު ތަޖުރިބާ އާއި ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް.
|
އިންޓަވިއު ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ނޯޓް: އިންޓަވިއު އަށް ހާޒިރުވާއިރު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް |
ވެބްސައިޓް: www.immigration.gov.mv |
|