ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/135
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 20 މޭ 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ

މަޤާމު:

އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން، ޕްރޮޖެކްޓް މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޓީ.ބިލްޑިންގ ފޮޅައި ސާފުކުރުމުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްފައިވޭތޯ ބަލައި ޗެކްކުރުން. އަދި މި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު، ރިޕޯޓު ހަފުތާއަކު އެއްފަހަރުހަދާއި ސެކްޝަންގެ އިސްވެރިއަކަށް ހަވާލުކުރުން.
  • މެއިންޓެނަންސްއާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން އަދި ނިމިފައި ހުންނަ ލިޔެކިޔުންތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން، ފައިލްކޮށް ބެލެހެއްޓުން.
  • މެއިންޓަނަންސްއާ ބެހޭ މަސައްކަތްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން އަދި ކުރުން.
  • ސެކްޝަނުގެ ބަޖެޓް ތައްޔާރު ކުރުމަށް މެއިންޓަނަންސްގެ މަސައްކަތްތަކާގުޅޭ ގޮތުން ބޭނުންވާ އެންމެހައި މަޢުލޫމާތު ހޯދައި، ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވުން.
  • މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ އިމާރާތްތަކުގެ މަރާމާތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުމާއި ކުރުވުން.
  • އޮފީހުން ބާވެގެން ގެނެވޭ ތަކެއްޗާއި ފާރނީޗަރ އަދި އެހެނިހެން ތަކެތި ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ޢަމަލުކުރަމުން ގެންދިޔުން.
  • ވަގުތީގޮތުން މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ތަންތަނުގެ މެއިންޓަނަންސްގެ މަސައްކަތްތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން، ކުރުވުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ ކަނޑައެޅިފައިވާގޮތަށް  މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/40 ރުފިޔާ ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތުކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓްފިކެޓް

ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

20 މޭ 2015 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

06 މޭ 2015