ކުއްޔަށް ދިނުން
ނަންބަރު: (IUL)GS-01/GS-01/2024/33
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 06 ޖޫން 2024 12:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

ބ. އަތޮޅު ތަޢުލީމީ މަރުކަޒު                     

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ބ. އޭދަފުށި                                                   

 

  ނަންބަރު: IUL/GS01/GS01/2024/33

އިޢުލާން

ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

  ބ. އޭދަފުށީގައި ގާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ހުސްވެފައިވާ 3 ކޮޓަރީގެ 2 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް އެދޭފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ. ވީމާ ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސްކޫލުން ދޫކުރާ  ފޯމްފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

01- އެޕާރޓްމެންޓް ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް

1.1  އޭދަފުށި ނޫން އެހެން ރަށެއްގެ ރައްވެއްސެއްކަމުގައިވުން

1.2  އެޕާޓްމެންޓަށް އެދޭ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި (ބ. އަތޮޅުތައުލީމީ މަރުކަޒު ނުވަތަ ޕްރީސްކޫލްގައި) ކިޔަވާނެ މަދުވެގެން 03 ކުދިން ތިބުން.

1.3 ދަނާލްގެ އެޕާޓްމަންޓެއް މިހާރު ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ނުވުން.

2- އެޕާޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވާ އަގު

އެޕާޓްމެންޓްގެ ކުއްޔަކީ މަހަކު -/3000 (ތިންހާސް) ރުފިޔާއެވެ.

3- ހުށަހަޅަންޖެހޭ ލިޔުންތައް

3.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމް"

3.2 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

3.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ.

4- އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ލިޔުންތައް:

4.1 ކުއްޔަށް ދޫކުރާ އެޕާޓްމަންޓާއިބެހޭ މައުލޫމާތު ޝީޓް

4.2 ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ހޯދުމަށްއެދޭ ފޯމް

މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ (ދަނާލު) ގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބ.އަތޮޅު ތައުލީމީ މަރުކަޒަށް ހުށަހެޅުމަށް ދެންނެވީމެވެ. އެޕާޓްމެންޓަށް އެދޭ ފޯމް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ދަނާލުން ޖާގައަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

ދަނާލަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެންލިޔުންތައް ހުށަހަޅާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.

27 މެއި 2024

27 މޭ 2024