ދިވެހިރާއްޖެ
އިޢްލާން
1445 ވަނައަހަރުގެ އަޟްޙާޢީދުގެ އެކިއެކި ޙަރަކާތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން.
ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި،ލިސްޓާއި އެއްގޮތައް 1445 ވަނައަހަރުގެ އަލްޙާޢީދުގެ އެކިއެކި ޙަރަކާތްތަކަށް ބޭނުންވާ ތަކެތި ވޭމަންޑޫ ކައުންސިލަށް ފޯރު ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އައްށެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި: |
3 ޖޫން 2024 ވާ ބުދަ ދުވަހުގެ 10:30 އަށް، |
ބީލަމާގުޅޭ ސުވާލުކުރުމުގެ ސުންގަޑި: |
4 ޖޫން 2024 ވާ ބުދަ ދުވަހުގެ 10:30 އަށް، (ސުވާލު ހުށަހަޅުއްވާނީ މަތީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.) |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
6 ޖޫން 2024 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ބީލަންތައްވެސް ބަލައި ނުގަނެވޭނެއެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.