ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-E1/2015/56
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 14 މޭ 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ނެޝަނަލް ކޮންސަލްޓަންޓް

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) ގެ އެހީއާއެކު ދިވެހިރާއްޖެއަށް ހިންގާ "ގްލޯބަލް ސްޓްރެޓެޖީ ޓު އިމްޕްރޫވް އެގްރިކަލްޗަރަލް އެންޑް ރޫރަލް ސްޓެޓިސްޓިކްސް އިން އޭޝިއާ ޕެސިފިކް" ގެ މަޝްރޫޢުގެ ދަށުން އެގްރިކަލްޗަރ ސްޓެޓިސްޓިކްސްއާ ބެހޭ އެކިއެކި މަސައްކަތްތައް ހިންގުމުގެ ގޮތުން ނެޝަނަލް ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

1 (އެކެއް)

އަދަދު:

ނެޝަނަލް ކޮންސަލްޓަންޓް

މަސައްކަތް

މަސައްކަތް ކުރާ މުއްދަތާއި ޓާރމްސް އޮފް ކޮންޓްރެކްޓަށް ބަލާފައި

އުޖޫރަ

10 ހަފުތާ

މުއްދަތު

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިދާރާ

މާލެ/ މިނިސްޓްރީ

މަސައްކަތް ކުރަންޖެހޭ ތަން

  • ސްޓެޓިސްޓިކްސް ނުވަތަ އެގްރިކަލްޗަރ ސްޓެޓިސްޓިކްސް ނުވަތަ އެގްރިކަލްޗަރ އިކިނޮމިކްސް ނުވަތަ އިކޮނޮމިކްސް ނޫނީ ގުޅޭ ދާއިރާއަކުން ޔުނިވަރސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވުން.
  • އެގްރިކަލަޗަރ، ފިޝަރީޒް އަދި ފޮރެސްޓްރީ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ސްޓެޓިސްޓިކަލް ކެޕޭސިޓީ އެސެސްމެންޓް އާއި ސްޓެޓިސްޓިކަލް ސްޓްރެޓިޖިކް ޕްލޭނިންގއިން ތަޖުރިބާ ލިބިފައި ހުރުން.
  • އޭޝިއާ ޕެސިފިކް ރީޖަންގައި މަސައްކަތުގެ ތަޖުރިބާ ލިބިފައި ހުރުން.

ޝަރުޠު

މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި މިނިސްޓްރީގެ ވެބްސައިޓުން (www.fishagri.gov.mv)ލިބެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރައްވާ [email protected]

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް

މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3339219 އަށް ގުޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ 1500ގެ ކުރިން ސިޓީ/ އީމެއިލް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މޭ / ޖޫން 2015 ގައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

ނެޝަނަލް ސްޓްރެޓެޖީ ކޯޑިނޭޓަރ

ގްލޯބަލް ސްޓްރެޓެޖީ ޓު އިމްޕްރޫވް އެގްރިކަލްޗަރ އެންޑް ރޫރަލް ސްޓެޓިސްޓިކްސް އިން އޭޝިއާ ޕެސިފިކް

އެގްރިކަލްޗަރ ޕްރޮޑަކްޝަން އެންޑް ޕްރޮޑަކްޓް ޑައިވާރސިފިކޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

7 ވަނަ ފަންގިފިލާ، ވެލާނާގެ

އީމެއިލް: [email protected]

06 މޭ 2015