މަސައްކަތް
ނަންބަރު: D14C-A/2024/03
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 06 ޖޫން 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓް އައު އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓް އައު އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މި ކޯޓް އައު އިމާރާތް ކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މި މަސައްކަތާއި ގުޅޭ ބިޑު ފޮތް މި ކޯޓުގެ ވެބްސައިޓް https://n-fodhdhoo.courts.gov.mv  ގެ އިޢުލާނު ބައިން ލިބިވަޑައިގަންނަވާނެއެވެ.

  1. މި ކޯޓްގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
    1.1.  ކޯޓް އައުއިމާރާތް ކުރުން
  2. މި މަސައްކަތް ހުޅުވާލެވިފައި ވަނީ ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތަކަށެވެ.
    2.1.  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.
    I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
    II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
    III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
    IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
    2.2. 2.1ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.
  3. މި މަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކޯޓް (ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓް) ގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ އެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކޯޓް (ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓް) ގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް [email protected] އަށް 2024 ޖޫން 05 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރުން ނުވަތަ މިކޯޓްގެ ނަންބަރ 6560566 ފޯނަށް ގުޅުއްވުން އެދެމެވެ.
27 މޭ 2024