ދިވެހިރާއްޖެ
މި ކައުންސިލްގެ ފަރާތުން 2024 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި "ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ ޤުރުއާން މުބާރާތް 2024" ގެ ނަމުގައި ހދ.ފިނޭއަށް ރަށްވެހިވެފައިވާ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ކީރިތި ޤުރުއާނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ. މީގެ އިތުރަށް ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ގުޅުން ބަދަހިކޮށް، ރަޙްމަތްތެރިކަން އުފެއްދުމަށް މަގުފަހިކުރުމަކީ ވެސް މި މުބާރާތުގެ މުހިންމު މަޤްޞަދެކެވެ.
މިމުބާރާތުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ދަރިވަރުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް އިން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުންވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ.
ގޫގްލް ފޯރމް ލިންކް : https://forms.gle/fsL6ZAEMiHF294xE8
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.