މުބާރާތް
ނަންބަރު: (IUL)418-AS/418/2024/26
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 03 ޖޫން 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ މަދަޙަ މުބާރާތް 1445

ނަޑެއްލާ ސްކޫލް ދަރިވަރުންނާއި ރަށުގެ އެހެނިހެން ޢާންމު ފަރުދުންގެ މެދުގައި މަދަޙަކިޔުމުގެ ފަންނުވެރިކަން ކުރިއެރެވުމުގެ އިތުރުން ދީނީ ކަންތައްތަކަށް ދަރިވަރުންނާއި ޢަންމުފަރާތްތަކުގެ ހިތުގައި ލޯބި ޖެއްސުމުގެ ގޮތުން ނަޑެއްލާ ކައުންސިލުން ވަނީ ނަޑެއްލާ ކައުންސިލްގެ މަދަހަ މުބާރާތް 1445 ގެ ނަމުގައި މަދަހަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް މި ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ސްކޫލް ދަރިވަރުންނަށް ސްކޫލުން ފޯމު ލިބެން ހުންނާނެއެވެ.  އަދި އާންމު ފަރާތްތަކުގެ ކެޓަގަރީއިން ބައިވެރިވާން ބޭނުންވާ ފަރާތަތަކުން ތިރީގައިވާ ގޫގަލް ފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ.

ގޫގަލް ފޯމް ލިންކް (ވަކިވަކި ހުށަހެޅުންތައް): https://tinyurl.com/indVmadhaha1445

ގޫގަލް ފޯމް ލިންކް (ޤްރޫޕް ހުށަހެޅުންތައް): https://tinyurl.com/Grpmadhaha1445  

 

މި މުބާރާތުގެ ޤަވާއިދު މި ލިންކުން: https://tinyurl.com/madhaha1445  ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 03 ޖޫން 2024 ގެ 14:00 އެވެ. މީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

 

27 މޭ 2024