ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2024/46
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 19 މެއި 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލު ޒަކާތަށް ރަޖިސްޓްރީ ވުމަށް ފޯމު ބަލައިގަނެވޭ އެންމެ ފަހު ތާރީޚަކީ 30 މެއި 2024 ކަމަށް ދަންނަވަމެވެ.
ކައުންސިލް އިދާރާއިން ފޯމު ދޫކުމާއި ބަލައިގަތުން (މުދަލު ޒަކާތަށް ރަޖިސްޓްރީވުމަށް):
- ފޯމު ދޫކުރުން: 19 މެއި 2024 ން، 28 މެއި 2024، 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން.
- ފޯމު ބަލައިގަތުން: 19 މެއި 2024 ން، 30 މެއި 2024، 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން.
މުދަލު ޒަކާތަށް ރަޖިސްޓްރީވުމަށް ކަނޑައެޅިގފައިވާ މުއްދަތަށް ފަހުވެސް އަލަށް ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ވާހަކަ ދަންނަވަމެވެ. ފޯމު ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 13:00 އާއި ހަމައަށް ކައުންޓަރުން ކުރިއަށް ދާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޛުލަޤާއިދާ 1445
27 މެއި 2024