މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2015/11
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 19 މޭ 2015 13:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ފޯކައިދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ

ށ.ފޯކައިދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ

ށ.ފޯކައިދޫ ޞިއްޙީމަރުކަޒުގައި މަރާމާތުތަކެއް ކުރުމަށް ބޭނުންވެއެވެ.  

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ފޯކައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މޭ 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ފޯކައިދޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަޖަބު 1436

11 މޭ 2015