އިޢުލާނު
|
މަޤާމު:
|
ކޯޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގުރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓު
|
މުސާރަ:
|
4465.00 ( ހަތަރުހާސް ހަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
އެހެނިހެން އެލަވަންސް:
|
- ސަރވިސް އެލަވަންސް -/1500 (ފަނަރަސަތޭކަ ރުފިޔާ)
- ލިވިންގ އެލަވަންސް -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޯޓަށް ހުށަހެޅޭ ދަޢުވާފޯމްތައް ދުވަހުން ދުވަހަށް ޗެކްކޮށް CMS އަށް އަޅާ ފޯމުހުށަހެޅިކަމުގެ ލިޔުންދޫކުރުމާއި، އިސްލާޙްކުރުމަށް އަންގަންޖެހޭ ފޯމްތައް އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްލާޙްކުރުމަށް އެންގުމާއި، އިސްލާޙްކުރަންނުޖެހޭ ފޯމްތަކަށް ފީނަގަންޖެހޭނަމަ ފީދެއްކުމަށް އަންގާ ފީދެއްކުމުން އެކަން ޗީފް އެޑްމިނިސްޓްރޭޓަރަށް ޚިއްޞާކޮށް މައްސަލަބަލައިގަތުމުން މައްސަލަ ބަލައިގަތްކަމުގެ ލިޔުން މައްސަލަހުށަހެޅިފަރާތާ ޙަވާލުކޮށް މައްސަލައިގެ ހުރިހާ ލިޔުންތައް CMS އިން އަދާހަމަކޮށް މައްސަލައިގެ ފައިލު ހަދައި ފުރިހަމަކުރުމަށް ފަހު، މެޖިސްޓްރޭޓް އަރިހަށް ގެންދިއުން.
- މެޖިސްޓްރޭޓްގެ ލަފާގެމަތިން ކޯޓް ކަލަންޑަރު ތައްޔާރުކޮށް، ހިންގޭނެ އަދި ނުހިންގޭނެ މައްސަލަ ފާހަގަކޮށް ކޮންމެ ދުވަހަކު މެޖިސްޓްރޭޓާ ޙިއްސާކުރުން.
- ޝަރުޢީ ސެކްޝަނަށް އަންނަ މައްސަލަތަކާ ގުޅިގެން، މައްސަލަ ބައްލަވާ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖް ރިޕޯޓްފަދަ ތަކެތި ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެކްޝަނަށް ބަލައިގަންނަންޖެހޭ ލިޔުންތައް ބަލައިގަތުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް CMS އަށް އަޕްލޯޑް ކުރުމަށްފަހު ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.
- ކޯޓުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ނެރޭ އަމުރުތައް ތައްޔާރުކުރުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔުންތައް މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން ފުރިހަމަކުރަމުން ގެންދިއުމާއި، ކޯޓަށް ޙާޟިރުވުމުގެ ޢަމުރުތަކާއި އެހެނިހެން ޢަމުރުތައް CMS އިން އަދާހަމަކޮށް ދުވަހުން ދުވަހަށް މައްސަލައިގެ ފައިލްގައި ހާޑް ކޮޕީ ފައިލްކުރުން
- ޝަރީއަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމާއި ނެރުން.
- ހިނގަމުންދާ މައްސަލަތަކުގެ މަޙްޟަރު ބަޔާންތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ލިޔެ ތައްޔާރުކޮށް ސޮޔާއި އިނގިލީގެ ނިޝާން ޖަހައި ސްކޭންކޮށް ޕީ.ޑީ.އެފް. ކުރުމަށްފަހު، ސަރވަރގައި ރައްކާކޮށް، CMS އިން އަދާހަމަކޮށް، ބަޔާނުގެ ހާޑްކޮޕީ މައްސަލާގެ ފައިލްކުރުމާއިއެކު މަޙްޟަރު ބަޔާންތަކުގެ މާސްޓަރ ފައިލް އަޕްޑޭޓްކޮށް ކޮމްޕައިލްކުރުން
- ކާވެންޏާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް، ފުރިހަމަކުރަންޖެހޭ އެންމެހާ ފޮތްތައް ޤަވާޢިދުން ފުރިހަމަކޮށް ބެލެހެއްޓުން.
- ކާވެނީގެ މަޖްލީސް ތައްޔާރުކުރުމާއި މަޖްލީހަށް މީހުން ވެއްދުމާއި ނެރުން.
- ކޯޓުން ކޮށްދޭ ކާވެނިތައް އެ ކާވެންޏެއް ކޮށްދޭތާ 3 ގަޑިއިރުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މެރިޖް ޕޯޓަލްއަށް އެންޓަރކޮށް ފޯމް އެޓޭޗްކުރުން. އަދި ސާބިތުކުރެވޭ ވަރީގެ ރެކޯޑްތައް އެ ވަރިއެއް ސާބިތުކުރެވޭތާ 3 ގަޑިއިރުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މެރިޖްޕޯޓަލްއަށް އެންޓަރކޮށް ފޯމް އެޓޭޗްކުރުން
- ޝަރުޢީ ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖް ރިޕޯޓްފަދަ ތަކެތި ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެކްޝަނަށް ބަލައިގަންނަންޖެހޭ ލިޔުންތައް ބަލައިގަތުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުމާއި، ސެކްޝަނުގެ ފައިލުތައް ތައްޔާރުކުރުން.
- ކޯޓަށް ހުށަހެޅޭ އެކިއެކި ލިޔުންތަކާއި އެގްރިމެންޓްތައް ރަޖިސްޓްރީ ކުރުމާއި، އެކަންކަމާ ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ފުރިހަމަ ކުރުމާއެކު ދޫކުރަންޖެހޭ ލިޔުންތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ދޫކުރުން.
- އެކިފަރާތްތަކުން މިކޯޓަށް ހުށަހަޅާ މައްސަލައާއި ގުޅޭ ސިޓީތަކާއި، މައްސަލަ ހުށަހަޅާ ފޯމްތަކާ ގުޅިގެން އެފަރާތްތަކަށް ސާފުކޮށްދޭންޖެހޭ މަޢުލޫމާތު ސާފުކޮށް ދިނުމާއި އެއާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
- މައްސަލަތަކާއި ގުޅޭ ލިޔުންތައް ދުވަހުން ދުވަހަށް މައްސަލަބައްލަވާ މެޖިސްޓްރޭޓް އަރިހަށް ގެންގޮސް މެޖިސްޓްރޭޓް ލައްވާ ސޮއިކުރުވުމަށްފަހު ލިޔުންތައް ސްކޭންކޮށް، ލިޔުމުގެ ހާޑްކޮޕީ މައްސަލައިގެ ފައިލުގައި ދުވަހުން ދުވަހަށް ފައިލްކޮށް ސްކޭންކުރި ޕީ.ޑީ.އެފް ފައިލް CMS އަށް އަޕްލޯޑްކުރުމަށްފަހު ބީ ސެކްޝަންގެ ކޮމްޕިއުޓަރ ސިސްޓަމުގައި މައްސަލައިގެ ޤަޟިއްޔާ ނަންބަރުޖަހައިގެން ފޯލްޑަރއެއް ހެދުމަށްފަހު އެފޯލްޑަރގައި މައްސަލައާއިގުޅޭ ހުރިހާ ލިޔުންތަކުގެ ޕީ.ޑީ.އެޕް ޑޮކިއުމަންޓާއި މައްސަލައިގެ ރެކޯޑިންގތައް ރައްކާކުރަމުން ގެންދިއުން.
- މައްސަލަތަކުގައި ހިމެނޭ މީހުންނަށް ޗުއްޓީ ދިނުމާބެހޭ އެންމެހާ ކަންތައްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ފުރިހަމަކޮށް ބެލެހެއްޓުން.
- ޤަޟިއްޔާތަކުގެ ރެކޯޑް ފޮތާއި ނިމޭ މައްސަލަތަކުގެ ފައިލް ޙަވާލުކުރާ ފޮތް ޤަވާޢިދުން ފުރިހަމަ ކުރަމުން ގެންދިއުމާއި، ދުވަހުން ދުވަހަށް ފުރިހަމަ ކުރަންޖެހޭ ފޮތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުމާއި އެފޮތްތައް ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ސެކްޝަނުން ނިމޭ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ލިޔެ ތައްޔާރުކުރުން. އަދި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓް ސްކޭންކޮށް CMS އަށް އަޕްލޯޑްކުރުން އަދި ރިޕޯޓް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޤަވާޢިދާ އެއްގޮތަށް ޙަވާލުކުރުން.
- ޙައްދާއި ތަޢުޒީރުގެ ރެކޯޑް ބެލެހެއްޓުން.
- ނިންމާ މައްސަލަތަކާގުޅިގެން ކުށުގެ ރެކޯޑް ފިހުރިސްތު ފުރިހަމަ ކުރުމާއި، ކުށުގެ ރެކޯޑް ބެލެހެއްޓުމާއި، ޙުކުމް ތަންފީޛުކުރުމަށް ފޮނުވާ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
- މައްސަލަތަކުގައި މިކޯޓުންކުރާ ޙުކުމްތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާ ފައިސާ ދައްކަން އެންގުމާއެކު، ފައިސާ ނުދައްކައިފިނަމަ އެފައިސާއެއް ހޯދުމަށް ޗީފް އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
- ނިމޭ މައްސަލަތަކުގެ ފައިލްތައް ސްކޭންކޮށް ސަރވަރގައި ރައްކާކޮށް ބެލެހެއްޓުމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަރުޝީފް ސެކްޝަނަށް ފޮނުވަމުން ގެންދިއުން.
- ސެކްޝަނުން ނިންމާ މައްސަލަތަކުގެ ޝަރީޢަތްނިމުމުން ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓް ހަމައެދުވަހު މައްސަލާގައި ހިމެނޭ ޚަސްމުންނާ ޙަވާލުކޮށް، ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި މީޑިއާ އޮފިސަރާއި ޙިއްޞާކުރުން.
- މިކޯޓުގެ މެޖިސްޓްރޭޓުން ތަނާޒުލްވެގެން އެހެން މެޖިސްޓްރޭޓަކާ ޙަވާލުކުރެވޭ މައްސަލަތަކާ ގުޅޭ މަސައްކަތްތައް އެމެޖިސްޓްރޭޓަރު އަންގަވާގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖުރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- ކޯޓުގެ އިދާރީ މުވައްޒަފެއް ޙާޟިރު ނުވެއްޖެ ހިނދެއްގައި، ކޯޓުން އާއްމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރާގޮތަށް އެމުވައްޒަފެއްގެ މަސައްކަތް ކުރުން .
- މެމްސްގެ ސީ.އެމް.އެސް މޮޑިއުލްތެރެއިން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން.
- ކޯޓަށް ޙާޟިރުވީ ފަރާތްތަކާ ނުވީ ފަރާތްތައް ފާހަގަކޮށް ކޯޓު އަމުރުފޮތް އަޕްޑޭޓްކުރުން.
- އެކިއެކި ފަރާތްތަކުން އެދިގެން ކޯޓުން ނެރޭ އަމުރުތަކާ ބެހޭ ލިޔުންތައް މެޖިސްޓްރޭޓް ދޭ ލަފާގެ މަތިން ތައްޔާރުކޮށް އެ އަމުރުތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި އެ އަމުރުތަކާ ގުޅިގެން ބާއްވަންޖެހޭ މަޖިލީސްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
- މީގެ އިތުރުންވެސް އެމުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން، ނުވަތަ ޤަވާޢިދަކުން، މަނާނުކުރާ، ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން، ކޯޓު ހިންގުމާއި ޙަވާލްވެހުރި ފަރާތްތަކުން އަންގާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
2- މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.
ޝަރީޢަތާއި ޤާނޫނު / އެޑްމިނިސްޓްރޭޝަން / އައިޓީ މެނޭޖްމަންޓް
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.
- ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސް
- މެނޭޖްމަންޓް
- ޝަރީޢާ / ޤާނޫނު
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ ( އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛
2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛
2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
2.5. އަނބިމީހާ ނުވަތަ ފިރިމިހާ؛
2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛
2.7. މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛
2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛
2.9. ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.) dja.gov.mv
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ކޮންޕިޓެންސީ ދާއިރާ
|
މާކްސް
|
އަސާސީ ޝަރުޠު ފުރިހަމަވުން
|
30
|
އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
25
|
އިންޓަރވިއު
|
35
|
ޖުމްލަ
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2024 ވާ ބުރާސްފަތިދުވަހުގެ 013:3ގެ ކުރިން، ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 26 ޖޫން 2024 އާއި 27 ޖޫން 2024 އާ ދެމެދު، ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓު ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740023 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
|