ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/46
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 17 މޭ 2015 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސޯސް)

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސޯސް)

ބޭނުންވާ އަދަދު:   1

ޝަރުޠު: 

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ: މަހަކު -/6،000 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 8 ގަޑިއިރު

ބާވަތް: ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް

ވީމާ، މި މަޤާމުތަކަށް ޝަރުޠުހަމަވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރްކަޒަށް ތަޢުލީމީ ސެޓްފިކެޓްގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ. މި މަޤާމުތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

17 ރަޖަބު 1436

06 މޭ 2015