ޢާންމު މަޢުލޫމާތު
ނަންބަރު: HCC/IU/2024/0013
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:01
ސުންގަޑި:
30 މޭ 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޢީދި ސަމާ 1445 ވަނަ އަހަރުގެ ބައިބަލާ މުބާރާތާއި ގުޅޭ
އިޢުލާން
ބައިބަލާ މުބާރާތާއި ގުޅޭ:
އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅިސިޓީއަށް ހުޅުވާލައިގެން ބޭއްވޭ "އައްޑޫ ޢީދި ސަމާ 1445" ގެ ތެރެއިން ބައިބަލާ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި، މުވައްސަސާތައް އަދި ޖަމިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން، ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. "އައްޑޫ ޢީދި ސަމާ 1445" އިތުރަށް ކުލަގަދަކުރުމަށްޓަކައި އައްޑޫގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
18 ޛުލްޤަޢިދާ 1445
26 މެއި 2024
26 މޭ 2024