ބީލަން
ނަންބަރު: (IUL)160-CS/1/2024/31
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 10 ޖޫން 2024 10:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިޢުލާން)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް 1ގެ ގޮފި އަދި ފޭސް 2ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިޢުލާން)

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް1ގެ ގޮފި އަދި ފޭސް2ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުށަހަޅާފައިވާ ބިޑްތައް މާކެޓް ރޭޓުގެ އަގުތަކަށްބަލާއިރު  ބިޑްތަކުގެ އަގުބޮޑު ކަމަށްވާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މެއި 29 ވާ ބުދަ ދުވަހުގެ 10:30 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 ޖޫން 10 ވާ ހޯމަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށާއި މިމަރުކަޒުގެ ހުޅުމާލެ ފޭސް1ގެ ގޮފި އަދި ފޭސް2ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދިނުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

26 މޭ 2024