ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/44
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 04 ޖޫން 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ، ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ

 

އިޢުލާން

1445 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން 16 ޖޫން 2024 އިން 20 ޖޫން 2024 އަށް 3 ގާޑިޔާއާއި 1 ރެސްޓޯރެންޓް ހިންގުމަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

 

            ވީމާ،މިކަމަށް ޝައުޤުވެރިވެލައްލާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ

28 މެއި 2024

11:00

އަންދާސީހިސާބު ހުށައެހުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ

04 ޖޫން 2024

11:00

 

    މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

                އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.

           މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 މޭ 2024