ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Planning/475/2024/84
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:33
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފްތަރު" އެކުލަވާލައި ބެލެހެއްޓުމާ ގުޅޭ

          ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުން، ޤާނޫނު ނަންބަރު: 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ދ) ގެ ދަށުން މި މިނިސްޓްރީއަށް ލާޒިމްވެއެވެ. އަދި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް ޕލކ (ބީ.އެމް.އެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް 750 އެމެރިކާ ޑޮލަރުން 1200 އެމެރިކާ ޑޮލަރަށް މަތިކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެހެންކަމުން މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އެކި ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމާއި ތަމްރީނު ލިބިގަތުމަށް ބޭރު ޤައުމުތަކުގައި އުޅެމުންދާ ދަރިވަރުންގެ އިތުރުން އަމިއްލަގޮތުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއި އެހެނިހެން ސްޕޮންސަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ މަޢުލޫމާތު މި މިނިސްޓްރީން ބަލަހައްޓަން ބޭނުންވެއެވެ.

          ވީމާ، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ފަރާތްތަކުން މި އިޢުލާނާއެކުގައި މިވާ ލިންކު މެދުވެރިކޮށް މި މިިނިސްޓްރީއާ މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ. މަޢުލޫމާތު ހިއްސާކުރައްވާ ދަރިިވަރުންގެ ތެރެއިން މަޢުލޫމާތު ކަށަވަރުކުރެވޭ ފަރާތްތައް "ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފްތަރު" ގައި ރަޖިސްޓަރީ ކުރެވެމުންދާނެ ކަމުގައި ދަންނަވަމެވެ.

ފޯމުގެ ލިންކް: https://forms.gle/UzPnrbzuiQw1mM6VA

26 މޭ 2024