ބީލަން
ނަންބަރު: (IUL)392-ADM/392/2024/20
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 05 ޖޫން 2024 10:30
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ ކޭބަލާއި،ޑިސްޓްރިބިއުޝަން ބޮކްސް ޓޫބީ ބޮކްސް ފޯރުކޮށްދިނުން އެދި

މިކައުންސިލްގެ ނަންބަރު(IUL)392-ADM/392/2024/17 13 މޭ 2024 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް މަގުބައްތިތަށް މަރާމާތުކޮށް ދިއްލައި ބެލެހެއްޓުމަށް ބޭނުންވާ ކޭބަލާއި، ޑިސްޓްރިބިއުޝަން ފޮށި (2B Box) ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  ކަނޑައެޅިފައިވާ ގޮތުގެމަތިން، ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ.ސީ ކުރަންވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި:

02 ޖޫން 2024 ވަނަ ދުވަހުގެ 10:30 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

05 ޖޫން 2024 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

 މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 27 މޭ 2024 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.

 ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ބީލަންތައްވެސް ބަލައި ނުގަނެވޭނެއެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

26 މޭ 2024