މަޤާމް: ފައިނޭންޝަލް އޮޑިޓަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ކުލެސިފިކޭޝަން: MS3
|
އަސާސީ މުސާރަ: މަހަކު -/7،035 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލްތަކުގެ މުދަލާއި ފައިސާގެ މުޢާމަލާތްތަކާއި ލިޔެކިއުންތައް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލްތަކުގެ މުދަލާއި ފައިސާ ބޭނުންކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ކުރުމަށް ކައުންސިލްތަކަށް ލަފާދިނުން.
- ފައިނޭންޝަލް އޯޑިޓިންގ ގެންދާނެގޮތުގެ ޕްލޭން ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒްކުރުން.
- މުދަލާއި ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި ފަންނީ ކަރުދާސް ތައްޔާރުކުރުން.
|
އުޖޫރަޔާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ދެވޭނެއެވެ.
|
މަޤާމް: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ކުލެސިފިކޭޝަން: MS3
|
އަސާސީ މުސާރަ: -/7،035 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- ސިވިލް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މީހުން ބިނާކުރުމާއި، އިޖުތިމާޢީ މަޝްރޫޢުތަކަށް އެކުލަވައިލެވޭ ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
- ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބަލައި، އެކަން ވަޒަންކުރުން.
- ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މައުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
- ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި، ފަންނީ ކަރުދާސް ތައްޔާރުކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ލިބޭނެއެވެ.
|
މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
- މަތީގައިވާ މަޤާމުތަކަށް މީހުން ނެގުމުގައި، މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ނުވަތަ މަތީ ތަޢުލީމް ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބުނުނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރައްވާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
|
ސުންގަޑި:
|
- މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 15:00 އަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޮލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން (www.lga.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- އިތުރު މަޢުލޫމާތު، މި އޮތޯރިޓީގެ 3013124 ނަންބަރު ފޯނުން ނުވަތަ 3006724 ނަންބަރު ފޯނުން ސާފުވާނެއެވެ.
|